ހޯމް ކަރަންޓީނާ ހިލާފުވެ ބޭރަށް ނިކުމެ އުޅުނު މީހަކު ހައްޔަރުކޮށްފި

ހޯމް ކަރަންޓީނު އުސޫލާ ހިލާފުވެ، ގެއިން ބޭރަށް ނިކުމެ އުޅުނު މީހަކު ގއ. ވިލިނގިލިން ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުމ...

21 Aug 2020 | 18:17

ހޯމް ކަރަންޓީނު އުސޫލާ ހިލާފުވެ، ގެއިން ބޭރަށް ނިކުމެ އުޅުނު މީހަކު ގއ. ވިލިނގިލިން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24 އަހަރުގެ މީހެއް ކަމަށެވެ.

"ގއ. ވލިނގިޅިގައި 24 އަހަރުގެ ފިރިހެނަކު ހޯމް ކަރަންޓިން އުސޫލާ ހިލާފަށް އޭނާ ކަރަންޓީނު ކޮށްފައި ހުރިތަނުން ނިކުމެ ރަށުތެރޭގައި އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް