ދިޔަވަރުބޮޑުވާ ވަގުތުގައި މާލެއިން ފެށިގެން ދެކުނުގެ ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން އުދައަރާނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފައި ވަނީ ކ.އަތޮޅުން ފެށިގެން ސ.އަތޮޅުގެ ރަށްތަކަށެވެ.
ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 2:45އިން އިރުއޮއްސި 06:00އާއި ހަމައަށެވެ.
އޮއެވަރާއި ދިޔަވަރަށް އަންނަ ބަދަލާއިއެކު މިދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަނީ އުދައަރަމުންނެވެ. އިއްޔެ މާލެއަށްވެސް އުދައަރާ ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވެފައިއެވެ.
އަދި ދެކުނުގެ ބައެއް ރަށްތަކަށް އިއްޔެވެސް އުދަ އެރުމުގެ ސަބަބުން ގޭގެއަށާއި މީހުންގެ މުދަލަށްވެސް ގެއްލުންވެފައި ވެއެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް ބުނެފައި ވަނީ، ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް މަޑުވާނެކަމަށްވެސް ބުނެފައި ވެއެވެ.
އެހެން ނަމަވެސް ދިޔަވަރު ބޮޑުގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަަމަށް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް