ސެމްސަންގް ނޯޓް 10 އަދި 10+ އަށް ޕްރީއޯޑަރ ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއް އުރީދޫ ...

21 Aug 2019 | 12:48

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

މީގެ ތެރޭގައި މަހަކު އެންމެ  1,100 ރުފިޔާ ދައްކަވައިގެން، ފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.

އުރީދޫ މެދުވެރިކޮށް ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގޮތުގައި 50% ޑިސްކައުންޓް އާއި އެކު ސެމްސަންގ ގެލެކްސީ ވޮޗް އެކްޓިވް ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. އެންމެ 2,999 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ މަތީގެ ޕްލޭން އަކާއި އެކު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭނެއެވެ.

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ ޕްރީ-އޯޑަރ ކުރެއްވުމަށް، http://ore.do/note10  އަށް ޒިޔާރަތްކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް