މާލެ، ޖަނަވަރީ ހިނގުމާއި ލޮނުޒިޔާރަތްމަގު ގުޅޭ ކަންމަތިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ފައިސާތައް ފެނިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
އަދި މިފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ފައިސާއާއި ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މީގެ އިތުރުން ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް