ކަޝްމީރުގެ ހަމަނުޖެހުމަޢި ގުޅިގެން ބަންދުކުރި ސުކޫލުތައް އަލުން ހުޅުވައިފިއެވެ.
އެހަނަސް ސުކޫލުތައް ހުޅުވި ނަމަވެސް ގިނަ ކުދިން ސުކޫލަށް ހާޒިރު ނުވާކަން ފާހަގަކުރެވެއެވެ. މީޑިޔާތަކަށް މައުލޫމާތު ދެމުން ބެލެނިވެރިން ބުނަނީ އެކުދިން ސުކޫލަށް ނުދަނީ ބިރުންނެވެ.
ކަޝްމީރް ސަރަހައްދުގައި ޖުމްލަ 200 އަށްވުރެ ގިނަ ސުކޫލް ހުންނަ އިރު، މި ހުރިހާ ސުކޫލެއްވެސް ވަނީ ކަޝްމީރު ހަމަނުޖެހުމާއި ގުޅިގެން ބަންދުކޮށްފައެވެ. އެހަންނަމަވެސް މިހާރު މިވަނީ ހުރިހާ ސުކޫލެއްވެސް އަލުން ހުޅުވާފައެވެ.
ކަޝްމީރު މައްސަލައިގައި މީގެ ކުރިން އިންޑިޔާއިން ވަނީ ޕާކިސްތާނުގެ ބައެއް މީހުނަށް އަނިޔާކޮށް ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް