އަންހެނުން މަސްވެރިކަމަށް ނެރެން ހިއްވަރު ދޭން ޖެހޭ: ސަލީމް

އަންހެނުން މަސްވެރިކަމަށް ނެރެންޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝި...

21 Aug 2019 | 08:15

އަންހެނުން މަސްވެރިކަމަށް ނެރެންޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުންނެވެ.

"މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތެއްކަމަށް ކަނޑައަޅަން ޖެހޭ, ރާއްޖޭގެ އެންމެ މުހިންމު ސިނާޢަތެއްގެ ގޮތުގައި މަސްވެރިކަން ބަލަމުން ގެންދާއިރުގައި މަސްވެރިކަމަށް އަންހެނުން ނެރުމަށްޓަކައި، ހިތްވަރުދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އެބަ ހުންނަން ޖެހޭ،" ސަލީމް ވިދާޅުވިއެވެ.

މަސްވެރިވެރިކަމާ ބެހޭ ބިލް އިއްޔެ މަޖިލީހަށް ބަލައިގެންފާވާއިރު ސަލީމް ވަނީ އެ ބިލު ފުރިހަމަ ކުރުމަށްޓަކައި ބިލުގެ މަޤްޞަދަކަށް ނުވަ ކަމެއް އިތުރުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް