އިންޑިއާގެ ކާންޕޫރަށް އުފަން އަންހެނަކު އޭނާގެ ފިރިމީހާ ކައިރިން ވަރިވީ އަބަދު ރޮށިފިހެދެން ޖެހޭތީ ކަމަށް ބުނެފިއެވެ.
މި އަންހެން މީހާ އާއި ހަވާލާދީ އިންޑިއާގެ މީޑިއާ އެއްގައި ރިޕޯޓުކޮށްފައި ވަނީ، ފިރިމީހާ އަބަދު ރޮށިކާން ބޭނުންވާތީ އެ ނޫން އެއްޗެއް ނުކެއްކޭ ކަމަށާއި، އެކަމާއި ރުޅިގަދަ ވެގެން އަންހެން މީހާ ކޯޓަށް ގޮސް ވަރިވީ ކަމަށެވެ.
އުމުރުން 31 އަހަރުގެ މި އަންހެން މީހާ ބުނިގޮތުގައި، ކައިވެނި ކުރީއްސުރެ ކޮންމެ ދުވަހަކު ރޮށި ފިހަން ޖެހޭކަމަށާއި، ވަރިވީ ކައިވެންޏަށް ހަތަރު އަހަރު ވުމުން ކަމުގައެވެ.
އަންހެން މީހާ ބުނިގޮތުގައި، މީރު އެއްޗެހި ހެދުމަށްފަހު ފިރިމީހާ އަށް ކާންދޭން ވަރަށް ބޭނުންވެއެވެ. ނަމަވެސް ފިރިމީހާ އަބަދު ރޮށިކާން ބޭނުންވާތީ އިތުރު އެއްޗެއް ހަދައިދޭނެ ފުރުސަތެއް ވެސް ނުލިބެއެވެ. އެހެން އެއްޗެއް ހަދައިފި ނަމަ ނުކައި ގެއިން ނިކުމެގެން ދާނީ ކަމަށް ވެސް އަންހެން މީހާ ބުނެފައިވެއެވެ.
"ދުވަހަކުވެސް ހިއެއް ނުކުރަން ކާއެއްޗެހީގެ މައްސަލައިގައި ވަރިވާން ޖެހޭނެ ކަމަކަށް. ރޮށި ނޫން އެއްޗެއް ކާކަށް ބޭނުމެއް ނުވޭ. އެވަރު މީހަކާ އެކީ ކިހިނެއް އުޅޭނީ" އަންހެން މީހާ ބުންޏެވެ.
މި ދެމީހުންގެ ކައިވެންޏަށް ދަރިއަކު ނުލިބޭކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް