މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފަންނު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ވިއްކަމުން ދިޔަ މެދުއުމުރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. މީޑިޔާތަކަށް މ...

21 Aug 2019 | 05:45

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފަންނު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ވިއްކަމުން ދިޔަ މެދުއުމުރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

މީޑިޔާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން އިއްޔެ މެންދުރު 12:45 ހާއިރު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ ދިރިއުޅޭ ގެ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ބުލެޓާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފުއްޕާ ހަމަކާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން ހަތް ރަބަރު ޕެކެޓު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިހުރި ބިޑި އެއް ފެނިފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް