ބަލި އެނދުގައި އޮތް މީހަކަށް އަނިޔާކުރި ހޮންގްކޮންގް ދެ ފުލުހަކު ހައްޔަރުކޮށްފި

ހަސްފަތާލެއްގެ އެނދެއްގައި އޮތް ބަލި މީހަކަށް އަނިޔާކުރި، ހޮންގްކޮންގް ގެ ދެ ފުލުހަކު ހައްޔަރުކޮށްފިއެވެ. ދެ ފުލުހަކު ހައްޔަރުކޮށްފައިމިވަނީ މި އަހަރު ޖޫން މަހު ސޯޝަލް މީޑިއާގައި ވައިރަލް ވި ވީޑިއޯ އަ...

21 Aug 2019 | 02:44

ހަސްފަތާލެއްގެ އެނދެއްގައި އޮތް ބަލި މީހަކަށް އަނިޔާކުރި، ހޮންގްކޮންގް ގެ ދެ ފުލުހަކު ހައްޔަރުކޮށްފިއެވެ.

ދެ ފުލުހަކު ހައްޔަރުކޮށްފައިމިވަނީ މި އަހަރު ޖޫން މަހު ސޯޝަލް މީޑިއާގައި ވައިރަލް ވި ވީޑިއޯ އަކާއި ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ އެނދުމަތިކޮށްފައި އޮތް އެ އުމުރުން ދުވަސްވީ މީހަކަށް ދެ ފުލުހަކު އަނިޔާ ކުރާ މަންޒަރެވެ. އުމުރުން ދުވަސްވީ އެ މީހާގެ އަނގަޔަށް ގަދަކަމުން ފޮތިގަނޑެއް ކޮއްޕާ، އެއަށްފަހު އެކި އަނިޔާ ކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

މި މައްސަލައާއި ގުޅިގެން އިއްޔެ، ދެ ފުލުހަކު ހައްޔަރުކުރުމަށްފަހު ހޮންގްކޮންގް ފުލުހުން ބުނެފައިވަނީ އުމުރުން ދުވަސްވީ އެ މީހާއަކީވެސް ފުލުހުން ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި ނަމަވެސް ޤާނޫނުން ޖާގަ ނުދޭ މިންވަރަށް ބާރުގެ ބޭނުން ހިފުމުގެ އިޚްތިޔާރު ފުލުހުންނަށްވެސް ނޯންނާނެ ކަމަށެވެ. އިންސާފުވެރި ކަމާއެކު މައްސަލަ ބަލައި އަނިޔާވެރިވި ފުލުހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް