އޮޔާ ދިޔަ އޮއިވާލި ކަނދުފަތި އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޭންޑިންގ ކްރާފްޓަށް ނަގައިފި

މާލެ އަތޮޅު ރަސްފަރީގެ ހުޅަނގު ދެކުނުން އޮޔާ ދަނިކޮށް ފެނުނު އޮއިވާލި ކަނދުފަތި އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޭންޑިންގ ކްރާފްޓަށް ނަގައިފިއެވެ. އެމްއެންޑީއެފުން ބުނީ އޮޔާ ދިޔަ ކަނދުފަތި ހޯދުމަށްޓަކައި ...

21 Aug 2018 | 17:07

މާލެ އަތޮޅު ރަސްފަރީގެ ހުޅަނގު ދެކުނުން އޮޔާ ދަނިކޮށް ފެނުނު އޮއިވާލި ކަނދުފަތި އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޭންޑިންގ ކްރާފްޓަށް ނަގައިފިއެވެ.

އެމްއެންޑީއެފުން ބުނީ އޮޔާ ދިޔަ ކަނދުފަތި ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޭންޑިންގ ކްރާފްޓް މަސައްކަތްކުރަމުން ދަނިކޮށް، މި އޮއިވާލި ކަނދުފަތި ފެނިފައިވަނީ މިއަދު ހަވީރު 18:23 ހާއިރު މާލެ އަތޮޅު ރަސްފަރީގެ އިރުން އެއް މޭލު ދުރުގައި އޮތް ގިރިއެއް ކައިރިން ކަމަށެވެ.

މި ކަނދުފަތި އޮޔާ ދާކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 14:40 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ނެގި މި ކަނދުފަތި ހުޅުމާލެގެނެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ހަވާލުކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް