އޮއިވާލި ކަނދުފަތްޗެއް އޮޔާ ދާތީ ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

މާލެ އަތޮޅު ރަސްފަރީގެ ހުޅަނގު ދެކުނުން އޮއިވާލި ކަނދުފަތްޗެއް އޮޔާ ދާތީ ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްޠިމާސްކޮށްފިއެވެ. އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (...

21 Aug 2018 | 15:47

މާލެ އަތޮޅު ރަސްފަރީގެ ހުޅަނގު ދެކުނުން އޮއިވާލި ކަނދުފަތްޗެއް އޮޔާ ދާތީ ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްޠިމާސްކޮށްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް މިކަމުގެ ރިޕޯރޓް ލިބިފައިވަނީ މިއަދު 14:40 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެެއެވެ.

މި ކަނދުފަތި އޮޔާދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯރޓްކޮށްފައިވަނީ އެސަރަހައްދުން ދަތުރުކޮށްފައިދިޔަ ލޯންޗަކަށް ފެނިގެންކަމަށާއި މިކަމުގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ކަނދުފަތި އޮޔާ ދާތީ މި  ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްޠިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް