ދިވެހި ޙައްޖުވެރިންގެ ޙާލު ޑރ.ޝަހީމް ބައްލަވާލައްވައިފި

ޙައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްއުޅޭ ހައްޖާޖީންގެ ހާލު ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ،މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވާ ލައްވައިފި އެވެ. ޑރ.ޝަހީމް މިއަދު ވަނީ ޙައްޖުކޯޕަރޭޝަނަށް ގުޅުއްވ...

21 Aug 2018 | 15:39

ޙައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްއުޅޭ ހައްޖާޖީންގެ ހާލު ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ،މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވާ ލައްވައިފި އެވެ.

ޑރ.ޝަހީމް މިއަދު ވަނީ ޙައްޖުކޯޕަރޭޝަނަށް ގުޅުއްވާ ދިވެހި ޙައްޖުވެރިންގެ ހާލު އޮޅުންފިލުވާފަ އެވެ. ޙައްޖުވެރިންނަށް އީދުތަހުނިޔާ ފޮނުއްވާފައިވާއިރު ޑރ.ޝަހީމްވަނީ ހައްޖުވެރިންނަށް މަބުރޫރު ޙައްޖަކަށް އެދިވަޑައިގެންފައި ކަމަށް ޑރ.ޝަހީމްގެ ޓީމުން މައުލޫމާތު ދެއެވެ.

އެޓީމުން މައުލޫމާތު ދޭ ގޮތުގައި ޑރ.ޝަހީމް ގެންދަވަނީ ހައްޖަށް މީހުންގެ ގެންދިޔަ އެހެން ގްރޫޕްތަކަށްވެސް ގުޅުއްވާ ޙައްޖާޖީންގެ ހާލު ބައްލަވަމުން ނެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ގޮސްފައިވަނީ 1379 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް