އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ހާލު ދެރަ ބަލިމީހަކަށް މިއަދު އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި މީހާ އަކީ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށްފަހު އައިޖީއެމް ހޮސްޕިޓަލުން މިއަދު ދޫކޮށްފައިވާ ފަރާތެކެވެ. މި މީހާޔަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެފްއާރުއެސްއިން ވަނީ މި މީހާ ދިރިއުޅޭ ގެ މ. ނާދީޔާ އިރުމަތީބައިގެ ހަތަރު ވަނަ ފަންގި ފިލަޔަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ބޭނުންކުރާ ހާއްސަ އަށިގަނޑެއްގެ ބޭނުންކޮށްގެން މިއަދު 16:28 ހާއިރު އަރުވަދީފައެވެ.
އެފްއާރުއެސް އިން އެހީތެރިކަންފޯރުކޮށްދީފައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނަކަށްކަމަށް ސިފައިން ބުނެއެެވެ.
މި ބަލިމީހާ އަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ މި މީހާގެ އާއިލާއިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމަށް އެދި މިއަދު 14:54 ހާއިރު ގުޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް