އާންމު ހިދުމަތެއް ދޭން މާލެއިން ރަށްރަށަށް ދާ މީހުންނަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް މަސައްކައް ކުރަށް އެ ރަށެއްގައި ހުރެވޭނީ ފަސް ދުވަހު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފި އެވެ.
އެޗްޕީއޭއިން ކަރަންޓީން ވުމުގެ އުސޫލަށް ގެނައި ބަދަލުގައި ބުނެފައިވަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށް ގިނަވެގެން ފަސް ދުވަހަށް ކަރަންޓީން ވާން ނުޖެހޭގޮތަށް ރަށްރަށަށް ދެވިދާނެ ކަމަށެވެ. އެކަމަކު އެގޮތަށް މަސައްކަތެއް ކުރަން ދާ ފަރާތްތަކުން އަމަލު ކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އަމަލު ކުރަންޖެހޭނެ އެވެ.
ކަރަންޓީން ވާން ނުޖެހޭގޮތަށް ކުރު މުއްދަތަކަށް ރިސޯޓުތަކަށް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ. މިފަދަ މަސައްކަތަކަށް ރިސޯޓްތަކަށް ދަތުރުކުރާ މީހުން އަމަލު ކުރަން ޖެހެނީ ރިސޯޓްތަކަށް އާއްމު ހިދުމަތްތައް ދިނުމަށް ދަތުރު ކުރުމާއި ގުޅޭގޮތުން އެޗްޕީއޭއިން ހަދާފައިވާ އުސޫލާއި އެއްގޮތަށްކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އާންމު ހިދުމަތްތަކުގެ ގޮތުގައި އެޗްޕީއޭއިން ފާހަގަ ކޮށްފައިވަނީ ކަރަންޓާއި، ނަރުދަމާ، މެއިންޓެނަންސް، އެކި ޕްރޮޖެކްޓް މަސައްކަތްތަކާ ގުޅޭ އިންސްޕެކްޝަން ފަދަ ކަންކަމެވެ.
ކުރިން މި ގަވައިދު އޮތް ގޮތުން މި ފަދަ މަސައްކަތް ކުރަން ދާ މީހުންނަށް ކަރަންޓީން ނުވެ ބޭނުން ދުވަހަކު ރަށްރަށުގައި ތިބެވެ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް