އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޖާބިރު ވިދާޅުވެއްޖެ

އަންނަ ރިޔާސީ އިންތިހާބުގައި ޑިއާރުޕީން ވާދަކުރައްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޓީ ކައު...

21 Jul 2020 | 10:28

އަންނަ ރިޔާސީ އިންތިހާބުގައި ޑިއާރުޕީން ވާދަކުރައްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޓީ ކައުންސިލްތަކާއި، އަތޮޅު އަދި ރަށު ކައުންސިލްތައް އުވާލުމަށް ގޮވާލާ ޖާބިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، ޑީއާރްޕީގެ ވެރިކަމެއްގައި ކައުންސިލްތަކެއް ނުހުންނާނެ ކަމަށެވެ. މިހާރު މި އޮތް ކައުންސިލްތަކުގެ އޮނިގަނޑަކީ ހަރަދުބޮޑު މާ ކުރީގެ އޮނިގަނޑެއް ކަމަށްވެސް މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ޖާބިރު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެއްވެސް މެންބަރަކު ބަހުސެއް ނުކުރެއްވި އެވެ. ދެން ގަރާރުގެ ފަހު ބަސް ވިދާޅުވާން ޖާބިރަށް ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓިއާއި ސަރުކާރު އެމްޑީޕީއަށް ލިބިފައި އޮތުމުން ވަގުތު ފާއިތުވުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ވިސްނައިދިނުމަށް ގަރާރެއް ހުށަހެޅުއްވީ ކަމަށެވެ. މިހާރު މި އޮތް ކައުންސިލްތަކުގެ އޮނިގަނޑަކީ ހަރަދުބޮޑު މާ ކުރީގެ އޮނިގަނޑެއް ކަމަށް ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ، ޑީއާރުޕީގެ ސަރުކާރު ހިންގާނީ މިހާރު ހިންގަމުންދާ ގޮތަށް ހަރަދު ބޮޑު މަތިބަރު ގޮތަކަށް ނޫން ކަމަށެވެ. ސިޔާސީ މަގާމުތައް ގިނަ ނުކުރާނެ ކަމަށާއި ހަރަދު ބޮޑު އޮނިގަނޑުތައް ބަދަލުކޮށް ރައްޔިތުންނަށް ހެޔޮ ފާގަތިކަން ލިބޭނެ ގޮތަކަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި، ރައްޔިތުންނަށް އުފާ ފާގަތިކަން އޮންނަ ސިސްޓަމެއް އެމަނިކުފާނުގެ ވެރިކަމުގައި އޮންނާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖާބިރު އެންމެ ފުރަތަމަ ވާދަ ކުރެއްވުމަށް ނިންމެވީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަކުރާނެ ފުރުސަތެއް ހޯދަން ސުޕްރީމް ކޯޓަށް ޖާބިރު ވަޑައިގެންނެވިއެވެ. އެއީ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ކުރިމަތިނުލުވޭނެ ކަމަށް އޭރު ގާނޫނުގައި އޮންނާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް