ފުރަތަމަ ގުރޫޕް ހައްޖަށް ފުރައިފި

ފަރުޝު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރަތަމަ ގުރޫޕު މައްކާއަށް ދިއުމަށް ރާއްޖެއިން ފުރައިފިއެވެ. ރާއްޖެއިން ފުރަތަމަ ހައްޖަށް ދާން ފުރާފައި މިވަނީ ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައްޖަށް...

21 Jul 2019 | 09:02

ފަރުޝު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރަތަމަ ގުރޫޕު މައްކާއަށް ދިއުމަށް ރާއްޖެއިން ފުރައިފިއެވެ.

ރާއްޖެއިން ފުރަތަމަ ހައްޖަށް ދާން ފުރާފައި މިވަނީ ޒަޢީ ގުރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައްޖަށް ދާ ހައްޖާޖީންނެވެ.

މި ގުރޫޕުގައި 84 ހައްޖާޖީން ވަނީ ފުރާފައެވެ. ފުރަތަމަ ގުރޫޕުގެ ހައްޖާޖީންނަށް އެއާޕޯޓުން ޢަލްވަދާއު ކިޔުއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ރާއްޖެއިން މިފަހަރު ހަ ގުރޫޕަކުން ހައްޖަށް މީހުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  1. ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  2. އަލް ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  3. މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް
  4. އެކްރޯ ޕްރައިވެޓް ލިމިޓެޑް
  5. މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް
  6. ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް

ހައްޖާޖީންގެ ފުރަތަމަ ގުރޫޕު މިއަދު ފުރާފައިވާއިރު، އެންމެ ފަހު ގުރޫޕް ރާއްޖެއިން ފުރާނީ އޮގަސްޓް 5 ވަނަ ދުވަހު އެވެ. މިއަހަރު ރާއްޖެއިން ޖުމްލަ 1975 މީހުން ހައްޖަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މިއަދު ފުރާފައި މިވަނީ 84 ހައްޖާޖީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް