މިފަހަރު ވަގު ހިފީ ވަގު ސައިކަލެއް ދުއްވާފައި ދަނިކޮށް!

ވަޑާންކުރާ ސާމާނުތަކެއް ވަގަށް ނަގައިގެން ދިޔަ ވަގެށް، ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވާފައި ދަނިކޮށް ފުލުހުން އަތުލައިގަނެފިއެވެ. ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ގަލޮޅު ފުލުހުން ވަގ...

21 Jul 2019 | 07:05

ވަޑާންކުރާ ސާމާނުތަކެއް ވަގަށް ނަގައިގެން ދިޔަ ވަގެށް، ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވާފައި ދަނިކޮށް ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ގަލޮޅު ފުލުހުން ވަގެއް ހިފައިފި ކަމަށާއި، މި މީހާ ހިފައިގަތީ ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވާފައި ދަނިކޮށް ކަމަށެވެ. 38 އަހަރުގެ މި މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.

https://twitter.com/PoliceMv/status/1152787673448407040

މީގެ އިތުރުން ރޭ ފުލުހުން ވަނީ ހުޅުމާލެއިން ވަގަށް ނަގައިގެން އައި ސައިކަލެއް މާލެއިން އަތުލައިގަނެފައެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ސައިކަލު ފެނިއްޖެ ކަމަށާއި ވެރިފަރާތުން ސައިކަލާއި ހަވާލުވުމަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް އައުމަށެވެ.

ސައިކަލު ވަގަށް ނެގުން އާންމުވެފައި ވާތީ ފުލުހުން މިހާރު ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދަމުން ދާ މި އޮޕަރޭޝަނަކީ، ރައްޔިތުންގެ މުދަލުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ކުށްކުރުން މަދުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ސައިކަލު ވަގަށް ނެގުން އާންމުވެފައިވާއިރު، އަހަރު ފަށައިގެން ފެބްރުއަރީ މަސްތެރޭ ވެހިކަލްތައް ވަގަށް ނެގުމުގެ 42 ކޭސް ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން، މާރިޗް މަހު 27 މައްސަލަ، އެޕްރީލް މަހުގައި 52 މައްސަލަ، މެއި މަހު 49 މައްސަލަ އަދި ޖޫން މަހުގެ ފަނަރައިގެ ނިޔަލަށް 22 މައްސަލަ ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް