މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެކި ގައުމުތަކުން ދަތުރުކުރާ ހައްޖުވެރިންނަށް އެހީވުމަށް އެއާޕޯޓްތަކުގައި 7000 ހާހަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމުގައި ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.
ސައުދީން ބުނެފައިވާގޮތުގައި ސައުދީގެ ޖުމްލަ 27 އެއާޕޯޓެއްގައި، ހައްޖުވެރިންނަށް އެހީވާނެ މުވައްޒަފުން ގިނަ އަދަދަކަށް ތިބޭނެއެވެ. އަދި މަސައްކަތް ކުރަނީ ކޮންމެ އަހަރަކުވެސް ދޭ ހިދުމަތް ކުރީ އަހަރަށްވުރެ ރަނގަޅުކުރަން ކަމުގައިވެސް ބުނެފައިވެއެވެ.
ސައުދީގެ ހައްޖު މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ މީހުން ގޮސްފައިވެއެވެ. އޭގެ ތެރެއިން 7000 އެއްހާ މީހުން ގޮސްފައިވަނީ ފައި މަގުގައި ކަމަށާއި 4000 އެއްހާ މީހުން ގޮސްފައިވަނީ ކަނޑުމަގުން ކަމުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް