މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 405 ދަރިވަރަކު ޓޮޕްޓެންގައި ހިމެނިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މި މައުލޫމާތު ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމުގެ ހަފްލާ، 12 ސެޕްޓެމްބަރ 2019ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މިދިޔަ އަހަރު ސާނަވީ ތަޢުލީމު ނިންމާ ނުވަތަ އޯލެވެލް އިމްތިހާންގައި 5000އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވެފައިވާކަމަށެވެ.
"405 ކުއްޖަކު ވަނީ ޓޮޕްޓެންގައި ހިމެނިފައެވެ. މި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުން ސެޕްޓެމްބަރ 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި އޮންނާނެ" މިނިސްޓްރީން ބުނެފައިވެއެވެ.
މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުމުގެ ޚާއްސަ ހަފްލާ މި ހިނގާ ޖުލައިމަހުގެ ނުވަ ވަނަ ދުވަހު ވަނީ ދަރުބާރު ގޭގައި ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް