އީޝާ ގުޕްތާގެ މައްޗަށް އަބުރުގެ ދައުވާކޮށްފި

ބޮލީވުޑްގެ ތަރި، އީޝާ ގުޕްތާގެ މައްޗަށް އަބުރުގެ ދައުވާކޮށްފިއެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން އީޝާގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ، ރޯހިތު...

21 Jul 2019 | 05:14

ބޮލީވުޑްގެ ތަރި، އީޝާ ގުޕްތާގެ މައްޗަށް އަބުރުގެ ދައުވާކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން އީޝާގެ މައްޗަށް އަބުރުގެ ދައުވާ ކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ، ރޯހިތު ވިގް ކިޔާ މީހެކެވެ.

މި މައްސަލައިގެ ފުރަތަމަ ކޯޓު އަޑުއެހުން ތާވަލުކޮށްފައި ވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

މިމަހުގެ 5 ވަނަ ދުވަހު ރޯހިތުގެ ފޮޓޯއެއް ޖެހުމަށްފަހު އީޝާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "އޭނާގެ ލޮލުން އަހަރެން ރޭޕް ކޮށްފި" ކަމުގައެވެ. އީޝާ ބުނިގޮތުގައި، ރޯހިތު ވިގް ހީކުރާގޮތުގައި އަންހެނުންނަށް އުނދަގޫ ވާވަރަށް ބެލުމަކީ "އޯކޭ" ކަމެކެވެ. ރޯހިތު، އީޝާ އަށް އެވަރަށް ބެލީ ފޭނަކަށް ވެގެން ނުވަތަ އޭނާ އަކީ އެކްޓްރެސް އަކަށް ވެގެން ނޫންކަމަށާއި، އޭނާ އީޝާ އަށް އެވަރަށް ބެލީ އަންހެނަކަށް ވުމުން ކަމަށް އީޝާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

https://twitter.com/eshagupta2811/status/1147396866570620928

އީޝާ މި މޭރުމުން ޕޯސްޓްތަކެއް ކޮށްފައިވާތީ، ރޯހިތު ވަނީ އީޝާގެ މައްޗަށް އަބުރުގެ ދައުވާއެއް ފައިލު ކޮށްފައެވެ. ރޯހިތު ބުނިގޮތުގައި، އީޝާގެ ޓްވިޓާ އެކައުންޓުން ވަނީ އޭނާގެ އަބުރަށް އަރާފައެވެ. މީގެ އިތުރުން، މި ޕޯސްޓްތަކުގެ ސަބަބުން އޭނާގެ ވިޔަފާރިިއަށް އަސަރުކޮށްފައިވާ ކަމަށާއި، މީހުންގެ ކުރިމަތީގައި އަގު ވެއްޓިއްޖެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ރޯހިތު ވަނީ އީޝާގެ ވާހަކަތައް ދޮގުކޮށްފައެވެ.

ރޯހިތު ވިގަކީ ދިއްލީ އަށް އުފަން ޒުވާން ވިޔަފާރިވެރިއެކެވެ.

އީޝާ ގުޕްތާ މަޝްހޫރުވެފައި ވަނީ 2007 ވަނަ އަހަރު މިސް އިންޑިއާ އިންޓްނޭޝަނަލްގެ ޓައިޓަލް ލިބުން ހިސާބުންނެވެ. އީޝާ ބޮލީވުޑުން ފެނިފައި ވަނީ 2012 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް