އެހެން ފިރިހެނުންނާ ގުޅުން އޮންނަ ކަމަށް ބުނެ އިންޑިއާގެ މޮޑެލްއެއް މަރާލައިފި

އެހެން ފިރިހެނުންނާ ގުޅުން އޮންނަ ކަމަށްބުނެ އިންޑިއާގައި 19 އަހަރުގެ މޮޑެލްއެއް މަރާލައިފިއެވެ. 19 އަހަރުގެ ޚުޝީ ޕަހާރް މަރާލާފައިވަނީ އޭނާގެ ލޯބިވެރިޔާ އަޝްރަފް ޝެއިޚް އެވެ. މިމަހުގެ 12 ވަނަ ދުވަހު ...

21 Jul 2019 | 04:02

އެހެން ފިރިހެނުންނާ ގުޅުން އޮންނަ ކަމަށްބުނެ އިންޑިއާގައި 19 އަހަރުގެ މޮޑެލްއެއް މަރާލައިފިއެވެ.

19 އަހަރުގެ ޚުޝީ ޕަހާރް މަރާލާފައިވަނީ އޭނާގެ ލޯބިވެރިޔާ އަޝްރަފް ޝެއިޚް އެވެ.

މިމަހުގެ 12 ވަނަ ދުވަހު މި ހާދިސާ ހިނގާފައިވާއިރު، ޚުޝީ މަރާލާފައިވަނީ އޭނާގެ މޫނު އެކީ ޗިސްކޮށްލައިފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ޚުޝީގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނުނީ އަޝްރަފްގެ ރައްޓިއްސަކަށެވެ. އެއީ ޚުޝީގެ ހަށިގަނޑުކަން ކަށަވަރުވީ ޚުޝީގެ ގައިގައި ޖަހާފައި ހުރި ޓެޓޫތަކުންނެވެ. އިންޑިއާގެ ޕަންދުރަނާ ނާގްޕޫރް ހައިވޭ އިން މޫނު ޗިސްވެފައިވާ އަންހެނެއްގެ ހަށިގަނޑު ފެނިފައިވާކަމަށް އިންޑިއާ ފުލުހުން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ފެނުނު ހަށިގަނޑަކީ ޚުޝީގެ ހަށިގަނޑުކަން ކަށަވަރުކޮށްފައި ވަނީ އޭނާގެ ބުރަކަށީގައި އާއި މޭމަތީގައި ޖަހާފައިވާ ޓެޓޫތަކުންނެވެ. މީގެ އިތުރުން ޚުޝީގެ އަތުގައި "އަޝޫ" ޖަހާފައިވާ ޓެޓޫއެއް ވެސް ފެނިފައިވެއެވެ. "އަޝޫ" އަކީ ޚުޝީގެ ލޯބިވެރިޔާއަށް ލޯބިން ކިޔާ ނަން ކަމުގައި ޚުޝީގެ ރައްޓެހިން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގަށްފަހު ޚުޝީގެ ލޯބިވެރިޔާ، އަޝްރަފް ވަނީ ހައްޔަރުކޮށްފައެވެ. އަޝްރަފް ވަނީ ޚުޝީގެ މޫނު ޗިސްކޮށްލުމަށްފަހު މަރާލިކަމަށް އެއްބަސްވެފައެވެ. އަޝްރަފް ބުނިގޮތުގައި، ޚުޝީ މަރައިލީ އެހެން ފިރިހެނުންނާއި ގުޅުން ބާއްވާތީއެވެ. އަދި ޚުޝީ އަކީ ވަފާތެރި ލޯބިވެރިޔެއް ނޫންކަމަށްވެސް އަޝްރަފް ވަނީ ފުލުހުންގެ ހާޒިރުގައި ބުނެފައެވެ.

އަޝްރަފް ބުނިގޮތުގައި، އޭނާ ވަނީ ޚުޝީ އަށް ފޯނަކާއި ކާރެއް ހަދިޔާކޮށްފައެވެ. އޭނާ ޚުޝީ މަރައިލީ، ޚުޝީގެ ކާރުގައި "ލޯންގް ޑްރައިވް" އަކަށް ދިއުމަށްފަހު ކަމަށް ވެސް އަޝްރަފް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް