ސްޓަރ ޕްލަސް އިން ދެހާހުގެ އަހަރު ތަކުގެ ކުރީކޮޅު ދެއްކި މަޝްހޫރު ކާމިޔާބު ހިންދީ ޑްރާމާ ސީރީޒް ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައެއް އަންނަން އުޅޭކަމަށް އެ ޑްރާމާ ސީރީޒްގެ ޕްރޮޑިޔުސަރ އެކްތާ ކަޕޫރު އިއުލާންކުރުމާއެކު ގިނަ ބަޔެއްގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިގެން ގޮސްފައެވެ.
ދިވެހިންގެ ތެރޭގައިވެސް މަޤްބޫލުކަމެއް ހޯދާފައިވާ މި ޑްރާމާ ގެ ދެވަނަ ސީޒަން ބަލާލުމަށް ކެތްމަދުވެފައިވާ ފަރާތްތަކަށް މިވަނީ އުފާވެރި ޚަބަރެއް ލިބިގެންގޮސްފައެވެ. ސްޓަރ ޕްލަސްއިން މިވަނީ ޑްރާމާގެ ފުރަތަމަ ޓްރައިލާ އާންމުކޮށް ޑްރާމާ އަވަހަށް އަންނަން އުޅޭކަން އިއުލާންކޮށްފައެވެ. ޓްރެއިލާ އަށް ބަލާލާއިރު ޓްރެއިލާ ގައި ބޭނުންކޮށްފައިވަނީ ކުރިންވެސް ޓްރެއިލާގައި ބޭނުންކުރި ލަވައެވެ. މިހާރު އާންމުކޮށްފައިވާ ޓްރެއިލާއިން ފެންނަނީ ކުރިންވެސް މި ޑްރާމާގެ ޓްރެއިލާގައި ފެނިގެންގޮސްފައިވާ މަންޒަރުތަކެވެ. ހަމަ އެއާ އެއްފަދަ ޝޮޓްތަކެކެވެ. ނަމަވެސް މި ޓްރެއިލާގައި ޑްރާމާގައި މައިގަނޑުކޮށް ހަރަކާތްތެރިވާނެ ދެ އެކްޓަރުން ގެ ހަރަކާތްތައް ފެނިގެންދިޔަ ނަމަވެސް އެ ދެ އެކްޓަރުންނަކީ ކޮބައިކަމެއް ސާފުވާގޮތެއް ނުވެއެވެ. މައި ދެ އެކްޓަރުންގެ މޫނު ސާފުކޮށެއް ނުފެނެއެވެ.
ކަސޯޓީ ޒިންދަގީ ކޭ ގެ ދެވަނަ ބައިގައި ހަރަކާތްތެރިވާނެ އެކްޓަރުންނަކީ ކޮބައިތޯ އެއީ ގިނަ ބަޔަކު މިހާރުވެސް ބަލަން ބޭނުންވެފައި އޮތްކަމެކެވެ. ޚާއްސަކޮށް މައި ކެރެކްޓަރ ތައް ކަމަށްވާ ޕްރެނާއާއި އަނޫރާގް ، ކޮމަލިކާ އަދި ބަޖާޖުގެ ރޯލުން ފެނިގެންދާނީ ކޮންބައެއްތޯ އާއި އެ ކެރެކްޓަރތައް މި ސީޒަނުން ފެނިގެންދާނެތޯ އެއީ ގިނަ ބަޔަކު ބަލަން ބޭނުންވާ ކަމެކެވެ. ނަމަވެސް މިހާތަނަށްވެސް ސްޓަރ ޕްލަސްއިންވެސް އަދި ޑްރާމާގެ ޕްރޮޑިޔުސަރވެސް މިކަމަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
ދާދިފަހުން ވަނީ ކޮމަލިކާގެ ރޯލުން މި ސީޒަންގައި ފެނިގެންދާނީ " ޔޭ ރިޝްތާ ކިޔާކެހެލާތާހޭ " ގައި އަކްޝަރާގެ ރޯލުން ފެނިގެންދިޔަ ހީނާ ހާން ކަމަށް ބުނެ މީޑިޔާ ރިޕޯޓްތަކެއް ފެތުރިފައެވެ. ނަމަވެސް އެކަންވެސް ކަށަވަރުވާގޮތެއް އަދި ނުވެއެވެ.
ކޮންމެ އަކަސް މިހާރު އާންމުކޮށްފައި މި ވާ ޓްރެއިލާއިންވެސް މި ޑްރާމާއިން މައިގަނޑު ދެތަރިންގެ ގޮތުގައި ހަރަކާތްތެރިވާ ދެ ތަރިން އަދިވެސް މިވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް އެކަން އިނގެން ދާން ދެން މާގިނަ ދުވަހެއް ނެތެވެ. އެއީ ސްޓްރ ޕްލަސްއަށް ވަރަށް އަވަހަށް މިޑްރާމާ އަންނާނެތީއެވެ. ކަސޯޓީ ޒިންދަގީ ކޭ ގެ ފޭނުންގެ އިންތިޒާރަށް ވަރަށް އަވަހަށް ނިމުމެއް އަންނާނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް