ހުޅުމާލޭގައި މިއަދުވެސް މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިން ބުނެފައިވަނީ މިއަދު ހަމަލާ ދީގެން ގެނައީ 29 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ހަވީރު 04:30 ހާއިރު ކަމަށެވެ.
އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި އަދި އޭނާގެ ބުރަކަށީގެ ފަސް ތަނަކަށް ވަޅިން ހަމަލާދީފައިވާއިރު އޭނާ އޮތީ އޮބްޒަވޭޝަންގައި ކަމަށާއި އިތުރު ފަރުވާ ބޭނުންވޭތޯ ޑަކުޓަރުން ދަނީ ބައްލަވަމުން ކަމުގައިވެސް އާސަންދައިން ބުނެފައި ވެ އެވެ.
މިއަދު ހަމަލާދިން ޒުވާނާއަށް ފަރުވާދެމުން އަންނައިރު ރޭވެސް އަދި ބުރާސްފަތި ދުވަހުވެސް ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް