އިތުރު ދައުރެއް ދެއްވައިފިނަމަ ދުނިޔޭގެ ވަރުގަދަ ލީޑަރަކަށް ރައީސް ޔާމީން ވެގެންދާނެ: މިނިސްޓަރު ސައީދު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފިނަމަ ދުނިޔޭގެ ވަރުގަދަ ލީޑަރަކަށް އެމަނިކުފާނު ވެގެންދާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވ...

21 Jul 2018 | 06:00

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފިނަމަ ދުނިޔޭގެ ވަރުގަދަ ލީޑަރަކަށް އެމަނިކުފާނު ވެގެންދާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ވެރިކަމުގެ ފަސސް އަހަރުގައި ރައީސް ޔާމީން ރާއްޖެއަށް ގެނެސްފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު ފަސް އަހަރު އިތުރަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވައިފިނަމަ ދުނިޔޭގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު ތަކުގެ ތެރޭގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން ހާމަކޮށްފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލޭގައި ދިރިއުޅޭ އައްޑޫސިޓީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގައި މާލޭގައި ދިރިއުޅޭ އައްޑޫސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޙަފްލާއަށް ވަޑައިގެންނެވި އެންމެންނާ ބޭފުޅުންނާއި ވަކިވަކިން ބައްދަލުކުރައްވާ ޙާލު ބައްލަވާލައްވާ އެކުގައި ވަގުތު ހޭދަކުރައްވާފައިވާކަމުގައި ޕީއެސްއެމުން ރިޕޯޓްކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް