ދެ އަހަރުގެ ތެރޭގައި ހަތަރު ހާހަށްވުރެ ގިނަ ކުދިންނަށް އަހަން ކެމްޕޭނު ހިންގައިފި

ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދެވުނު ސެޝަންތަކާއެކު ވޭތުވި މިދިޔަ 2 އަހަރު ޖުމުލަ 4،390 ކުދިންނަށް "އަހަން" ކެމްޕޭންގެ ހަރަކާތްތައް ހިންގާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ. "ކުޑަކުދިނ...

21 Jul 2018 | 05:34

ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދެވުނު ސެޝަންތަކާއެކު ވޭތުވި މިދިޔަ 2 އަހަރު ޖުމުލަ 4،390 ކުދިންނަށް "އަހަން" ކެމްޕޭންގެ ހަރަކާތްތައް ހިންގާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފި އެވެ.

"ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި އަނިޔާއާ ދެކޮޅަށް ކުދިން ބާރުވެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކުރިއަށް ގެންދާ "އަހަން" ކެމްޕޭންގެ ދަށުން، ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދެވުނު ސެޝަންތަކާއެކު މިދިޔަ 2 އަހަރު ޖުމުލަ 4،390 ކުދިންނަށް "އަހަން" ކެމްޕޭންގެ ހަރަކާތްތައް ހިންގިއްޖެއެވެ." ޖެންޑަރ މިނިސްޓްރީން ބުނެފައި ވެ އެވެ.

އެމިނިސްޓްރީން ބުނެފައިވަނީ މި ގޮތުން، 2016ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމް މިހައިތަނަށް ހިންގިފައިވަނީ ކ، ވ، މ، ގދ އަތޮޅުގެ ހުރިހައި ރަށަކާއި، ހއ، ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށުގައި ކަމަށެވެ.

"ފުވައްމުލަކު ސިޓީގައި 2 ފިޔަވައްސަކަށް ބަހައިލައިގެން 4ން 8އާ ދެމެދުގެ ގްރޭޑްތަކުގެ ކުދިންނަށް އިންތިޒާމުކުރި މި ކެމްޕޭންގެ ފުރަތަމަ ފިޔަވަހި ހިންގިފައިވަނީ ހުސްވި ނޮވެންބަރު މަހުގެ 21އިން 22އަށެވެ. މި ފިޔަވަހީގައި ޖުމުލަ 52 ކުދިން ބައިވެރިވެފައިވެއެވެ. މި މަހު 17އިން 19އަށް ދެވަނަ ފިޔަވަހި ހިންގިފައިވާއިރު، މި ފިޔަވަހީގައި ޖުމުލަ 626 ކުދިން ބައިވެރިވެފައިވެއެވެ. " އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އަހަން ކެމްޕޭންގެ މި ސެޝަންތަކުގައި އެކި ބާވަތުގެ އަނިޔާއާއި އިހުމާލުން ކުޑަކުދިން ރައްކައުތެރިކުރާނެ ގޮތްތަކާއި، ކުޑަކުއްޖަކަށް އަނިޔާއެއް ލިބޭކަން އެނގޭނަމަ ނުވަތަ ޝައްކުކުރެވޭނަމަ ޢަމަލުކުރާނެ ގޮތްތާއި، މައްސަލަ ރިޕޯޓުކުރެވޭނެ ގޮތްތަކުގެ އިތުރުން، އަނިޔާ ތަޙައްމުލުކުރާ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ކުރެވިދާނެ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްފައިވެއެވެ. މި ސެޝަންތައް ކުރިއަށް ގެންދެވެނީ އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)އާ ގުޅިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް