ރޮނާލްޑޯ ޗުއްޓީ ހޭދަކުރި ރިސޯޓްގެ ސްޓާފުންނަށް ޓިޕްސްގެ ގޮތުގައި 23 ހާސް ޑޮލަރު

ވޯލްޑްކަޕް ނިންމާލުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އާއިލާއާއެކު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށްފަހު އެ ރިސޯޓްގައި ރޮނާލްޑޯއަށް ހިދުމަތްދިން ސްޓާފުންނަށް ޓިޕްސްގެ ގޮތުގައި 23 ހާސް ޑޮލަރު ދީފި އެވެ. މީޑ...

21 Jul 2018 | 05:21

ވޯލްޑްކަޕް ނިންމާލުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އާއިލާއާއެކު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށްފަހު އެ ރިސޯޓްގައި ރޮނާލްޑޯއަށް ހިދުމަތްދިން ސްޓާފުންނަށް ޓިޕްސްގެ ގޮތުގައި 23 ހާސް ޑޮލަރު ދީފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާއިލާއާއެކު ރޮނާލްޑޯ ޗުއްޓީ ހޭދަކޮށްފައިވަނީ ގްރީސްގެ ލަގްޒަރީ ރިސޯޓެއްގައި އެވެ.

އިޓަލީގެ ކްލަބެއް ކަމުގައިވާ ޔުވެންޓަސްއަށް ބަދަލުވިކަން އިއުލާނުކޮށްފައިވާއިރު މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެކަން އިއުލާނުކުރި އިރު އޭނާ ހުރީ ގްރީސްގައި ޗުއްޓީގައި އެވެ.

ރޮނާލްޑޯ ވަނީ އޭނާ ގްރީސްގައި ޗުއްޓީ ހޭދަކުރި އިރު ބައެއް ފޮޓޯ އިންސްޓަގްރާމް ކޮށްފައި އެވެ. އެ ޗުއްޓީގައި އޭނާގެ ހަޔާތުގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އާއި އޭނާގެ ދަރި އާއި ބައެއް ރައްޓެހިން ބައިވެރިވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް