ބައެއް ގައުމުތަކުން ހައްޖަށް ދާން ފަށައިފި

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ބައެއް ގައުމުތަކުން ހައްޖަށް ދާން ފަށައިފި އެވެ. އެގޮތުން ސައުދީ ޕްރެސް އެޖެންސީން އިއްޔެ ފާހަގަކޮށްފައިވާގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދ...

21 Jul 2018 | 05:08

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ބައެއް ގައުމުތަކުން ހައްޖަށް ދާން ފަށައިފި އެވެ.

އެގޮތުން ސައުދީ ޕްރެސް އެޖެންސީން އިއްޔެ ފާހަގަކޮށްފައިވާގޮތުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އިރާނުން ދާ ފުރަތަމަ ބެޗު މިހާރުވަނީ މަދީނާއަށް ގޮސްފައި އެވެ.

އިރާނުގެ ފުރަތަމަ ބެޗު ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން ބަސްތަކުގައި އެމީހުން ވަގުތީ ކޭމްޕްތަކަށް ގެންގޮސްފައިވާކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފައި ވެ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ދާން ފަށާފައިވާއިރު ސައުދީގެ ނެޝަނަލް ފައުންޑޭޝަން ފޮރ ޕިލްގްރިމްސް ގައިޑުން ބުނެފައިވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް އަންނަ ފަރާތްތަކަށް އެހީވުމަށް އެ ފައުންޑޭޝަނުން މިހާރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް