ހުޅުމާލޭގައި ސައިކަލެއް ކައްސާލައިގެން ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ މުހައްމަދު ޖަޒްލާން ނަމަކަށްކިޔާ ޒުވާނެކެވެ. މި ޒުވާނާ ނިޔާވެފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި، ލަގްޒ...

20 Jul 2018 | 20:07

ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ މުހައްމަދު ޖަޒްލާން ނަމަކަށްކިޔާ ޒުވާނެކެވެ.

މި ޒުވާނާ ނިޔާވެފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި، ލަގްޒަރީ ފްލެޓްތަކެއް އިމާރާތްކުރާ ސައިޓަކުން ފެން ބޭރުކުރަން މަގު ހުރަސްކޮށް އަޅާފައި އޮންނަ ހޮޅިތައް ފޮރުވަން ސިމެންތިން އުސްކޮށް ހަދާފައި އޮތް ބަމްޕަރެއްގެ މަތިން ކައްސާލައިގެން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަނިކޮށެވެ.

މަންޒަރުދުށް ބައެއް މީހުންނާ ހަވާލާދީ މީޑީއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ވަޒީފާ އަދަކުރަމުން ދިޔަ މި ޒުވާނާ ދުއްވި ސައިކަލް ބަމްޕަރުގައި ޖެހުމުން އޭނާ ގޮސް ވެއްޓުނީ ވަރަށް ދުރަށެވެ. އަދި އެ ވަގުތުން ފެށިގެން ވެސް އޭނާގެ ހަރަކާތެއް ނެތް ކަމަށް މަންޒަރު ދުށް ބައެއް މީހުންނާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 09:00 ހާއިރުގައި އެވެ. އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާއަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދީފައި ވެ އެވެ. އަދި ފަހުން ހާލު ސީރިއަސް ވުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް