ހުޅުމާލޭ ފަޅަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަޝްވަރާކޮށްފި

ހުޅުމާލޭ ފަޅުތެރެއަށް ގިނަ ޢަދަދެއްގެ ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވ...

18 Jun 2026 | 09:31
N/A

N/A

ހުޅުމާލޭ ފަޅުތެރެއަށް ގިނަ ޢަދަދެއްގެ ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަމާބެހޭ އިދާރާތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި، އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއެވެ.

އެޗްޑީސީން ބުނީ މި ބައްދަލުވުމުގައި، މި މައްސަލައަށް ހައްލު ހޯދުމަށް އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް ހުރިއިރު، ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް