ރައްޔިތުންގެ މަޖިލީހުގެ، މާދަމާގެ ޖަލްސާވެސް ބޮއިކޮޓް ކުރަން އިދިކޮޅު ކޯލީޝަނުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ކޯލީޝަންގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާނެ އެއްވެސް ޔަގީންކަމެއް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވާފައިނުވާތީ މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާކަމަށެވެ.
އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް ދީފައިވާ އަނިޔާވެރި ހަމަލާއާއި ގުޅިގެން ތަހްގީގީ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް އިންސާފުވެރިކަމާ މިނިވަންކަމާއެކު ވިހާ އަވަހަކަށް ތަހްގީގުކޮށްދެއްވުމަށްވެސް ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް