ފިހާރައިގެ ކައުންޓަރުގައި އޮއްވާ، ދެމަފިރިން ގުޅިގެން ވަގަށްނެގި ވޮލެޓު ފުލުހުންނާއި ހަވާލުކޮށްފި

ފިހާރައެއްގެ ކައުންޓަރުގައި ހަނދާންނެތިގެން މީހަކު ބޭއްވި ވޮލެޓުން ވިޔަފާރިކޮށް އެ ވޮލެޓު ވަގަށްނެގި ދެމަފިރިން އެ ވޮލެޓު ފުލުހުންނާއި ހަވާލުކޮށްފިއެވެ. ދުވަހަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގ...

21 Jun 2019 | 09:53

ފިހާރައެއްގެ ކައުންޓަރުގައި ހަނދާންނެތިގެން މީހަކު ބޭއްވި ވޮލެޓުން ވިޔަފާރިކޮށް އެ ވޮލެޓު ވަގަށްނެގި ދެމަފިރިން އެ ވޮލެޓު ފުލުހުންނާއި ހަވާލުކޮށްފިއެވެ.

ދުވަހަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވޮލެޓު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށެވެ. ވޮލެޓު ފުލުހުންނާއި ހަވާލުކުރީވެސް އެ ދެމީހުން އެކުގައި ގޮސް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ވޮލެޓު ފުލުހުންނާއި ހަވާލުކޮށްފައިވާއިރު އެ ދެމަފިރިން އެ ވޮލެޓުގައި ހުރި ފައިސާއިން ވިޔަފާރިކޮށް ވޮލެޓު، ފިރިހެން މީހާގެ ޖީބަށް ލާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ. އެއީ ދެމަފިރިން ކަން ދުވަހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ވޮލެޓުގެ ވެރިފަރާތް މިވަގުތު މާލެއަކު ނެތެވެ. އޭނާ މާލެ އަންނާނެ ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގައެވެ. އައުމުން ވޮލެޓު އޭނާއަށް ލިބޭނެ ކަމުގައި ޔަގީން ކުރެވެއެވެ.

އިއްޔެ ވައިރަލްވި  ވީޑިއޯއިން ފެންނަނީ މީހަކު އެއްޗެއް ގަތުމަށް ފައިސާ ދެއްކުމަށްފަހު ހަނދާންނެތި ވޮލެޓު ބާއްވާފައި ދާ މަންޒަރެވެ. ދެން ކައުންޓަރު ކައިރިއަށް އެއްޗެއް ގަންނަން އަންނަނީ އަންހެނަކާއި ފިރިހެނެކެވެ. އަންހެން މީހާގެ ކޮނޑުން ފިރިހެން މީހާގެ ގައިގާ ޖަހާލައި ލޮލުގެ އިޝާރާތުން އެ ވޮލެޓު ފިރިހެން މީހާއަށް ދައްކާލައެވެ. އެ ދެމީން ގަތް ތަކެއްޗަށް ފައިސާ ދެއްކީ އެ ވޮލެޓުންނެވެ. ދެން އެ ވޮލެޓު ނަގާ ލަނީ ފިރިހެން މީހާގެ ޖީބަށެވެ.

[contentcards url="https://dhuvas.mv/88639" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް