ތޮއްޑޫ ގެސްޓް ހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި

ތޮއްޑޫ ގެސްޓް ހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި، އެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ރޭގެ ވަގުތެއްގައި ތޮއްޑޫ ގެސްޓްހައުސްއެއް ބަލައި ފާސްކުރީ ...

21 Jun 2019 | 09:42

ތޮއްޑޫ ގެސްޓް ހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި، އެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ރޭގެ ވަގުތެއްގައި ތޮއްޑޫ ގެސްޓްހައުސްއެއް ބަލައި ފާސްކުރީ އެ ގެސްޓް ހައުސްގައި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު  މައުލޫމާތަކާއި ގުޅިގެންނެވެ.

"ބަލާ ފާސްކުރިއިރު ބަނުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 67 ފުޅިއާއި 74 ދަޅު ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އަދި މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް