އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ސައިކަލާއި ހަތަރު ފުރޮޅުލީ ވެހިކަލަށް ތެޔޮ އަޅައިދޭ ޝެޑްތަކަށް ބަދަލު ގެނެސްފި އެވެ.
އެފްއެސްއެމްއިން މާލޭގައި ޕެޓްޜޯލާއި ޑީސަލް އަޅައިދޭ ތިން ޝެޑު ހިންގަ އެވެ. އެއީ ސްޓެލްކޯ ކައިރީގައި ހިންގާ ޝެޑާއި ކާނިވާ ކައިރީގައި ހުންނަ ޝެޑާއި އައިޖީއެމްއެޗު ކައިރީގައި ހުންނަ ޝެޑެވެ.
އެސްޓީއޯއިން ބުނީ ސްޓެލްކޯ ކައިރީގައި ހުންނަ އެއް ނަމްބަރު ޝެޑުން ދެން ތެޔޮ އަޅައިދޭނީ ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް އެކަނި ކަމަށެވެ. އަދި ސައިކަލަށް ޕެޓްރޯލް އަޅައިދިނުމަށް ހާއްސަކޮށްފައިވަނީ ކާނިވާ ކައިރީގައި ހުންނަ ޝެޑާއި އައިޖީއެމްއެޗު ކައިރީގައި ހުންނަ ޝެޑު ކަމަށެވެ.
އެކަމަކު މި ބަދަލު ގެނައި ސަބަބެއް އެސްޓީއޯއިން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް