މުއްދަތު ހަމަވި އިރު ވޯޓަސް ލިސްޓަށް ދޮޅު ހާހަށްވުރެ ގިނަ ޝަކުވާ!

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 1778 ޝަކުވާ ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ވޯޓު ލުމުގެ ...

21 Jun 2018 | 10:15

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 1778 ޝަކުވާ ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވީ ރޭ 10:30 ގައި އެވެ.

އީސީން ބުނީ މުއްދަތު ހަމަވި އިރު ދޮޅުހާހަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާއިރު މައިގަނޑު ގޮތެއްގައި ޝަކުވާ ހުށަހަޅާފައިވަނީ ދެ މައްސަލައަކާއި ގުޅޭގޮތުން ކަމަށެވެ. އެއީ 18 އަހަރު ނުފުރޭ މީހުން ލިސްޓުގައި ހިމަނާފައިވުމާއި މަރުވެފައިވާ މީހުންގެ ނަން ލިސްޓުގައި ހުރުމެވެ.

އިދިކޮޅު އެމްޑީޕީން ބުނީ އެ ޕާޓީން އެކަނިވެސް ޥޯޓާސް ލިސްޓަށް 800 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާނެ ކަމަށެވެ. އެ ޕާޓިން ބުނީ އެ ލިސްޓުގައި ގިނަ މައްސަލަތަކެއް އެބަ ހުރި ކަމަށާއި އޭގ ތެރޭގައި އެންމެ ބޮޑު މައްސަލަ އަކީ ލިސްޓުގައި މީހުންގެ އައިޑީ ނަމްބަރު ނެތުން ކަމަށެވެ.

އެހެންވެ ޥޯޓާސް ލިސްޓަކީ ސައްހަ ލިސްޓެއް ކަމަށް ބަލައިގެންނަން އެ ޕާޓީން ވަނީ ދެކޮޅު ހަދާފައި އެވެ.

އެ ކޮމިޝަނުން ބުނެފައިވަނީ ޝަކުވާތައް ބަލައި އިސްލާހު ކުރުމަށް ފަހު ވަރަށް އަވަހަށް ދާއިމީ ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށެވެ. އެ ލިސްޓުގައި އައިޑީ ކާޑު ނަމްބަރުވެސް ހުންނާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް