ފެނަކައަށް ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

ފެނަކަ ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅާ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ. މިއީ އެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި ތިން ވަނަ ފަހަރެވެ. ފެނަކައިން ހުޅުމ...

21 Jun 2018 | 09:48

ފެނަކަ ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅާ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

މިއީ އެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި ތިން ވަނަ ފަހަރެވެ. ފެނަކައިން ހުޅުމާލޭގައި އިމާރާތް ކުރަނީ 15 ބުރީގެ ޓަވަރެކެވެ.

ފެނަކައިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ޓަވަރުގެ ދެ ކޮޓަރި އާއި އެއް ކޮޓަރީގެ އެޕާޓްމަންޓުތަކުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހޭ ކަމަށެވެ.

ފެނަކައިގެ ޓަވަރު އިމާރާތް ކުރުމަށް 12،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، އެތަނުގައި 168 ފްލެޓް ހުންނާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައި ވެ އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، މި މަޝްރޫއު އަންނަ އަހަރަށް ނިމޭނެ ކަމަށް ސަރުކާާރުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް