ހއ. އަލިދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 29 މިލިއަން ޑޮލަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ޔޮޓް ޓުއާސް މޯލްޑިވަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަލިދޫ ރިސޯޓްގެ ކުލީގެ ގޮތުގައި 5.6 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 23.4 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
ނަމަވެސް ޔޮޓު ޓުއާސް އިން މީރާއަށް އެ ފައިސާ ދައްކާފައިނުވާތީ މިދިޔަ އަހަރުގެ އޭޕްރީލް 10 އާ ހަމައަށް ދައްކަން ޖެހޭ 29 މިލިއަން ޑޮލަރު އެއް އަހަރުގެ ތެރޭގައި މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ފައިސާ ދައްކާ ހަލާސް ކުރުމާއި ހަމައަށް އަރަމުންދާ ޖޫރިމަނާ ވެސް ޔޮޓް ޓުއާސް އިން ދައްކަން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ.
ޓޫރިޒަމް ދާއިރާގައި މީގެ ކުރިން ފުޅާދާއިރާއެއްގައި ހަރަކާތްތެރިވެފައިވާ ޔޮޓް ޓުއާސް އަކީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަނަ ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް