ސަންޖޫ ގެ ރޯލަށް ފުރަތަމަ ނަގަން އުޅުނީ ރަންބީރެއް ނޫން!

ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރަމުންދާ ފިލްމު "ސަންޖޭ" ގައި ސަންޖޭގެ ރޯލަށް ފުރަތަމަ ނަގަން އުޅުނީ ރަންބީރު ކަޕޫރު ނޫން ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދު ޗޯޕްރާ ބުނެފި އެވެ. އިން...

21 Jun 2018 | 07:39

ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރަމުންދާ ފިލްމު "ސަންޖޭ" ގައި ސަންޖޭގެ ރޯލަށް ފުރަތަމަ ނަގަން އުޅުނީ ރަންބީރު ކަޕޫރު ނޫން ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދު ޗޯޕްރާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ވިދޫ ބުނެފައިވަނީ އެންމެ ފުރަތަމަ ސަންޖޫގެ ރޯލަށް އޭނާ ނަގަން ބޭނުންވީ ރަންވީރު ސިންގ ކަމަށެވެ. އަދި އެގޮތަށް ނިންމާ ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަށް ހުށަހެޅި ކަމަށެވެ. އެކަމަކު ފަހުން ރާޖްކުމާރު ބޭނުންވީ ރަންބީރުއަށް އެ ރޯލު ދޭން ކަަމަށެވެ.

އެކަމާ ހިތްހަމަ ވެސް ނުޖެހުނު ކަމަށް ވިދޫ ބުނެފައިވެ އެވެ. އޭނާ ބުނީ ރަންބީރު ނޫން މީހަކަށް ސަންޖޭ ދަތުގެ ރޯލު ނުކުޅެވޭނެ ކަމަށް ރާޖްކުމާރު ބުނި ކަމަށާއި އެކަން އޭނާއަށް ފުރަތަމަ ގަބޫލު ކުރަން ދަތިވެ ވަރަށް ރުޅި އާދެވުނު ކަމަށެވެ. އެކަމަކު ފިލްމުގެ ޝޫޓިން ފަށައި، ރަންބީރުގެ އެކްޓިން ފެނުމުން ކުރިން ހީކުރެވުނު ހީކުރެވުންތަކާއި ބަސްތައް އަމިއްލަ އަނގައަށް ދިރުވާލީ ކަމަށް ވިދޫ ބުނެފައިވެ އެވެ.

ވިދޫ ބުނީ ރަންބީރުގެ އެކްޓިން އިން އޭނާއަށް ސަންޖޭދަތު އާންމުކޮށް އުޅޭ ގޮތާއި، ދެރަވީމަ ހުންނަގޮތާއި، އުފާވީމަ ހުންނަ ގޮތުގެ އިތުރުން ސިފަވެސް އެއްގޮތްވި ކަމަށެވެ. އަދި އޭނާގެ ހިޔާލާއި ދެކޮޅަށް އެ ރޯލުކުޅެން ރަންބީރަށް ދިނުމުން މިހާރު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް ވިދޫ ބުންޏެވެ.

ވިދޫ ބުނީ ސަންޖޭ ދަތުގެ ހަޔާތަށް ފިލްމެއް ހަދަން އޭނާ އާއި ފުރަތަމަ ރާޖްކުމާރު ހިރާނީ މަޝްވަރާ ކުރުމުން ސިކުނޑި ސުމަކަށް ދިޔަ ކަމަށެވެ. ސަންޖޭ ދަތުގެ ހަޔާތުގައި ފިލްމެއް ހަދަން ހިނގީ ކޮން ކަމެއްތޯ އަމިއްލައަށް އެދުވަހު ސުވާލު ކުރެވުނު ކަމަށާއި އެކަމަކު މިއަދު ހިތަށް އަރަނީ ސަންޖޭދަތުގެ ހަޔާތުގައިވެސް ބޮޑެތި ހާދިސާތަކެއް ހިނގާފައި އެބަ ހުރި ކަމަށް ކަމަށެވެ.

މި ފިލްމުގައި ސަންޖޭ ދަތުގެ އުމުރުން 20 އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން ހިނގާފައިވާ މުހިންމު ކަންކަން ފެނިގެންދާނެ އެވެ. އަސި ސަންޖޭދަތަށް އެ މުއްދަތުގައި އައިސްފައިވާ ހުރިހާ ބަދަލެއް ރަންބީރުގެ އެކްޓިން އިން ފެނިގެންދާނެ އެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް