ފްލެޓު ފޯމާއި އެކު ހުށަހަޅަން ޖެހޭ ބައެއް ލިޔުންތަކަށް ލުއިތަކެއް!

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދޭ ފޯމާއި އެކު ހުށަހަޅަން ޖެހޭ ބައެއް ލިޔުންތަކަށް ލުއިތަކެއް ދީފި އެވެ. ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސާފައިވަނީ ހުރިހާ ކެޓަގަރީއަކުން ފޯމް ހުށަހަޅާއިރ...

21 Jun 2018 | 04:43

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓަށް އެދޭ ފޯމާއި އެކު ހުށަހަޅަން ޖެހޭ ބައެއް ލިޔުންތަކަށް ލުއިތަކެއް ދީފި އެވެ.

ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސާފައިވަނީ ހުރިހާ ކެޓަގަރީއަކުން ފޯމް ހުށަހަޅާއިރު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހެޅުމުގެ ބަދަލުގައި ހަމައެކަނި ދަފްތަރުގައި ހިމެނޭ މީހުންނަށް ދޫކުރާ އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓަށް އެދޭ މީހުން އުފަންދުވަހުގެ ސެޓްފިކެޓު ހުށަހެޅުމަށެވެ. ބޭންކް ސްޓޭޓްމެންޓު ހުށަހަޅާއިރު މިހާރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޑައުންލޯޑުކޮށްގެން ހުށަހަޅާ ސްޓޭޓްމެންޓުވެސް ގަބޫލު ކުރާނެ އެވެ.

މީގެ އިތުރުން އެހެން މީހަކު ލައްވާ ފޯމު ލާނަމަ ފްލެޓަށް އެދޭ މީހާގެ ސިޓީއެއް ބޭނުން ނުވާނެ އެވެ. ބަދަލުގައި ފޯމް ހުށަހަޅަން ދާ ފަރާތުގެ އައިޑީ ކާޑު އޮތުުމުން ނިމުނީ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް މީޑިއާގައި ވިދާޅުވީ މި ބަދަލުތައް ގެނައީ ރައްޔިތުންނަށް އުނދަގޫ ބައެއް ކަންކަން ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ކިއުގައި ނުޖެހި ނަމްބަރު ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ހައުސިން މިނިސްޓްރީން ވަނީ އޮންލައިންކޮށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ނެގޭނެ ގޮތް ހަދާފަ އެވެ. އަދި ދަރުބާރުގެއިންވެސް ކިޔުގައި ނުޖެހި ފޯހު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައި އެވެ.

ފޯމު ހުށަހަޅާ ނަމްބަރު ދޫކުރާނީ ފޯމް ބަލައިގަންނަ ގަޑި ހަމަވާން ބައި ގަޑިއިރަށް ވަންދެނެވެ. އަދި އެ ގަޑިއަށް ކިއުބީ އެޕް މެދުވެރިކޮށް ނަމްބަރު ދޫކުރުންވެސް ހުއްޓާލާނެ އެވެ.

ފްލެޓަށް އެދި މިހާތަނަށް ފޯމް ހުށަހެޅި މީހުންގެ އަދަދު އަދި ހާމައެއް ނުކުރެ އެވެ. މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން ހަތް ހާސް ފްލެޓު ދޫކުރާނެ އެވެ.

ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް