އުތުރު ކޮރެއާގެ ލީޑަރު ޗައިނާއަށް ކުރި ދަތުރު ނިންމާލައިފި

މި މަހު 12ގައި ސިންގަޕޫރުގައި ކުރިއަށްދިޔަ ޓްރަމްޕް ކިމް ސަމިޓަށްފަހު އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން ޗައިނާއަށް އަށް ކުރި ދަތުރު ނިންމާލައިފި އެވެ. މި ދަތުރުގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގ އ...

20 Jun 2018 | 22:47

މި މަހު 12ގައި ސިންގަޕޫރުގައި ކުރިއަށްދިޔަ ޓްރަމްޕް ކިމް ސަމިޓަށްފަހު އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގ އުން ޗައިނާއަށް އަށް ކުރި ދަތުރު ނިންމާލައިފި އެވެ.

މި ދަތުރުގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގ އާއި ބައްދަލުކޮށް އެކި މަޝްވަރާތައް ކޮށްފައިވާއިރު މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކިމް ޗައިނާއަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.

އެނަލިސްޓުން ބުނާގޮތުގައި ކިމްގެ ޗައިނާ ދަތުރަކީ އެމެރިކާއަށް ދިން ނުސީދާ އިންޒާރެކެވެ. ޗައިނާ އިން ބުނާގޮތުގައި އެމެރިކާއިން ވަނީ އެ ޗައިނާ އާއި ދެކޮޅަށް އިގްތިސާދީ ހަނގުރާމަ އިއުލާނު ކޮށްފަ އެވެ. އުތުރު ކޮރެއާއާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަންނަނީ އަޅަމުންނެވެ.

ޗައިނާ އާއި އުތުރު ކޮރެއާގެ ގާތް ގުޅުމަކީ އެމެރިކާއަށް ނުރައްކަލަކަށް ވެދާނެ ކަމުގައިވެސް މުރާސިލުން ސިފަ ކުރެ އެވެ. އެއީ ޓްރަމްޕް މަސައްކަތް ކުރަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް ކަމަށްވެފައި އަދި ޗައިނާ އަކީ އިގްތިސާދީ ގޮތުން އެމެރިކާއަށް ނުރައްކަލަކަށް ވެފައިވާއިރު އުތުރު ކޮރެއާ އާއި ޗައިނާ އާއި ދެމެދު އޮންނަ ގުޅުން ބަދަހި ކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް