ނޯވިޗްގެ މިޑްފީލްޑަރ ޖޭމްސް މަޑީސަން ލެސްޓާއަށް

ނޯވިޗް ސިޓީގެ މެދުތެރެއަށް ކުޅޭ ޖޭމްސް މަޑީސަން ލެސްޓާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އެ ކްލަބުން ކަށަވަރު ކޮށްދީފިއެވެ. ބެލެވޭ ގޮތުގައި ލެސްޓާ ސިޓީ އިން ޖޭމްސް ގަނެފައިވަނީ 24 މިލިޔަން ޕައ...

20 Jun 2018 | 22:16

ނޯވިޗް ސިޓީގެ މެދުތެރެއަށް ކުޅޭ ޖޭމްސް މަޑީސަން ލެސްޓާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން އެ ކްލަބުން ކަށަވަރު ކޮށްދީފިއެވެ.

ބެލެވޭ ގޮތުގައި ލެސްޓާ ސިޓީ އިން ޖޭމްސް ގަނެފައިވަނީ 24 މިލިޔަން ޕައުންޑަށެވެ.

އުމުރުން 21 އަހަރުގެ މިޑްފީލްޑަރ ވަނީ 5 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން 2023 ވަނަ އަހަރާ ހަމައަށް ލެސްޓާއަށް ކުޅުމަށް އެއްބަސްވުން ހަދާފައެވެ.

މިއީ ލެސްޓާ އިން މި ޓްރާންސްފާ މާކެޓްގެ ތެރޭގައި ގަން 3 ވަނަ ކުޅުންތެރިޔާއެވެ. އެ ކްލަބުން ވަނީ މީގެ ކުރިން ޕޯޗުގަލްގެ ފުލް-ބެކް ރިކާޑޯ ޕެރެއިރާ އާއި ނޮދާން އަޔަލޭންޑްގެ ސެންޓަރ-ބެކް ޖޮނީ އިވާންސްގެ ސޮއި ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް