ކޮކާކޯލާއިން ވޯލްޑްކަޕަށް ފޮނުވާ ފުރަތަމަ ގްރޫޕު ފުރައިފި

ކޯކް ފުޅިއެއް ބައްލަވައިގަނެގެން ވޯލްޑްކަޕު މެޗެއް ބަލާލަން ދިއުމުގެ ފުރުސަތާއެކު ކޮކޯކޯލާއިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު 30 މީހުންގެ ތެރޭން ފުރަތަމަ 10 މީހުން ރަޝިޔާއަށް ފުރައި...

20 Jun 2018 | 22:08

ކޯކް ފުޅިއެއް ބައްލަވައިގަނެގެން ވޯލްޑްކަޕު މެޗެއް ބަލާލަން ދިއުމުގެ ފުރުސަތާއެކު ކޮކޯކޯލާއިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު 30 މީހުންގެ ތެރޭން ފުރަތަމަ 10 މީހުން ރަޝިޔާއަށް ފުރައިފި އެވެ.

ފުރަތަމަ ގްރޫޕް ރަޝިޔާއަށް ފުރާފައިވަނީ އިއްޔެ ހަވީރު އެވެ. މި ގްރޫޕު ދާނީ ރަޝިޔާގެ މޮސްކޯއަށެވެ. އަދި މޮސްކޯގެ އެންމެ މަޝްހޫރު ކުލަބު ސްޕާޓަކް މޮސްކޯގެ އޮކްރިޓީއީ އެރީނާގައި އަންނަ ހޮނިހިރު ދުވަހު ކުޅޭ، ގްރޫޕް ޖީގައި ބެލްޖިއަމް އާއި ތޫނިސް ބައްދަލުކުރާމެޗު މި ގްރޫޕް ބަލާލާނެ އެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރޭން ދެވަނަ ގްރޫޕު ފުރާނީ މި މަހު 30 ވަނަ ދުވަހު ކަމަށް ކޮކާކޯލާއިން ބުނެ އެވެ. އަދި އެ ބުރުގައި ބާކީ ތިބި 20 މީހުން ދާނެ ކަމަށާއި އެ ފަރާތްތަކަށް ލިބޭނީ ދެވަނަ ބުރުގެ މެޗެއް ބަލާލުމުގެ ފުރުސަތު ކަމުގައިވެސް ކޮކާކޯލާއިން ބުނެ އެވެ. އަދި އިއްޔެ ފުރި ގްރޫޕުގެ ބައިވެރިންނަށް މެޗު ބަލާލަން ލިބިފައިވަނީ ވަރަށް ފަސޭހަ ވިއު އަކުން ކަމުގައިވެސް ކޮކާކޯލާއިން ބުނެ އެވެ.

ގުރުއަތުން ހޮވުނު 30 ނަސީބުވެރިން ވޯލްޑްކަޕް ބަލާލަން ރަޝިޔާއަށް ދިއުމުގެ ހަރަދާއި ހުރުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓަނީ ކޮކާކޯލާއިންނެވެ. މި ދަތުރުގެ ބައިވެރިން މޮސްކޯގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް އެ ކުންފުނިން ދޭނެކަމުގައި ކޮކާކޯލާއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް