ތަމްރީނުތައް ކުރިއަށް ގެންދަނީކީ ނިރުބަވެރި ހަމަލާއެއްގެ އިންޒާރެއް ލިބިގެން ނޫން: އެމްއެންޑީއެފް

ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންދަނީކީ ވަކި އިތުރު ކަމެއް މެދުވެރިވެގެން ނޫން ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން މިހެން ބުނެފައިވަނީ، އެމްއެންޑީއެފާ...

21 May 2019 | 18:28

ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނުތައް ކުރިއަށް ގެންދަނީކީ ވަކި އިތުރު ކަމެއް މެދުވެރިވެގެން ނޫން ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވަނީ، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ތަމްރީނުތަކެއް ފަށާފައިވާއިރު އެ ތަމްރީނުތަކަކީ ރާއްޖެއަށް ނިރުބަވެރި ހަމަލާތަކެއްގެ އިންޒާރު ލިބިފައިވާތީ ބަލާ ފާސްކުރުމުގެ ނުސީދާ އޮޕަރޭޝަނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑިއާގައި އަޑު ފެތުރިފައިވާއިރު މިކަންކަމާއި ގުޅުވައި އެމްއެންޑީއެފުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމަށާއި އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

https://twitter.com/CDFofMNDF/status/1130776101117079552?s=09

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ތަމްރީނުތަކަކީ މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތަކެކެވެ. މި ފަރިތަކުރުންތައް ފަށާފައިވަނީ 05 މެއި 2019 ގައެވެ. އަދި މިއަދު މި ފެށުނީ މި ސިލްސިލާގެ ދެވަނަ ތަމްރީންތައް ކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް