ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މެލޭޝިޔާގެ ހެލްތް މިނިސްޓަރު ޑރ. ޒުލްކިފްލީ އަހުމަދާއި ބައްދަލުކުރައްވައިފިއެވެ.
ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ވޯލްޑް ހެލްތް އެސެމްބްލީގެ ތެރެއިން ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވާއިރު، ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަޝްވަރާ ކުރެއްވި އެވެ. މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ގާބިލުކަން އިތުރު ކުރުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
https://twitter.com/MoH_mv/status/1130495203524136960
ވޯލްޑް ހެލްތް އެސެމްބްލީ އިއްޔެ ފެށިފައިވާއިރު، މި އެސެމްބްލީ މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް