ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި "ރޯދަމޮމެންޓްސް"ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއް ފަށާފައިއެވެ.
މިދިޔަ އަހަރު ދިރާގުން އިންސްޓަގްރާމްގައި އެކަނި ކުރިއަށް ގެންދިޔަ މި ކޮންޓެސްޓް މިއަހަރު ފޭސްބްކް އަދި ޓުވިޓާގައިވެސް ކުރިއަށް ދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، މި ކޮންޓެސްޓް ގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާ ގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން، ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެ ކަމުގައެވެ.
މި ފޯނަކީ ސެމްސަންގުން އަލަށް ތަޢާރަފުކުރި ފޯނެކެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާއެވެ.
މި ކޮންޓެސްޓް ކުރިއަށްދާނީ 7 ޖޫން 2019 ގެ ނިޔަލަށެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް