ށ. ފޭދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާއަށް އަނިޔާކުރި މީހުން ހޯދިއްޖެ ކަމަށާއި، މައްސަލަ ނިމުމަކާއި ގާތްވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އުމުރުން 50 އަހަރުގެ މި އަންހެން މީހާއަށް އަނިޔާކުރި މީހުން ދެނެގަނެވުން ނަމަވެސް އެމީހުން އަދި ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި އަންހެން މީހާ އަށް ބަޔަކު ވަނީ އަނިޔާކޮށް ހޮޅިދަނޑިއެއްގައި އައްސާފައެވެ. އަދި އެމީހާގެ ބޮލުގައި ހުރީ ގޯންޏެއް ވެސް އަޅުވާފައެވެ. މި މައްސަލަ ފެންމަތިވީ މީހަކު ސޯޝަލް މީޑިއަށް ލީ ފޮޓޯ ތަކަކާއި ގުޅިގެންނެވެ.
މި މީހާ މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެމީހާ މިހާރު ހުރީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައެވެ. މި އަންހެން މީހާގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިއަކު ވެސް ހުރެއެވެ. ދައުލަތުން ވަނީ އެ މީހާގެ ދަރިފުޅު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް