ފޮންޓްތަކަކާ ކުޅުމުގެ ކުރިން އެ ފޮންޓްތަކުގެ ބަލަދުވެރިން ހޯދަން ބަހުގެ އެކެޑަމީ އިން އިއުލާން ކޮއްފި

އާންމުކޮށް ބޭނުން ކުރަމުން އަންނަ ތާނަ ފޮންޓްތަކުގެ ތެރެއިން ދިހަ ފޮންޓެއް އެއްގޮތްކުރުމުގެ މަސައްކަތްތައް ދިވެހިބަހުގެ އެކެޑަމީން މޯލްޑިވްސް ކޮންޕިއުޓަރ ސޮސައިޓީއާއި ގުޅިގެން ކުރުމަށްވަނީ ހަމަޖެހިފައ...

21 May 2019 | 09:06

އާންމުކޮށް ބޭނުން ކުރަމުން އަންނަ ތާނަ ފޮންޓްތަކުގެ ތެރެއިން ދިހަ ފޮންޓެއް އެއްގޮތްކުރުމުގެ މަސައްކަތްތައް ދިވެހިބަހުގެ އެކެޑަމީން މޯލްޑިވްސް ކޮންޕިއުޓަރ ސޮސައިޓީއާއި ގުޅިގެން ކުރުމަށްވަނީ ހަމަޖެހިފައެވެ.

ދިވެހިބަހުގެ އެކެޑަމީ އިން މިއަދު ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އިއުލާނުގައި ބަޔާންކޮއްފައިވާ ތާނަ ފޮންޓްތަކުގެ ނުވަތަ ފޮންޓްތަކާ ގުޅުންހުރި "ޓްރޭޑް މާކް" ނުވަތަ "ކޮޕީ ރައިޓް"ގެ ވެރިފަރާތެއް ވާނަމަ އެ އެކަދެމީއަށް ހެއްކާއެކު ލިޔުމަކުން އެކަން އެންގެވުމަށެވެ.

އަދި 15 ޖޫން 2019 ވަނަ ދުވަހުގެ ކުރިން ދިވެހި ބަހުގެ އެކަޑެމީއަށް ލިޔުމަކުން އެންގުމަށް ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް