ސިސިލްފަރަށް ހުއްދަ ނުދިން މައްސަލަ އޭސީސީ އަށް ފޮނުވައިފި

މި އަހަރު މީހުން ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، އޭގެ ތެރޭގައި ސިސިލްފަރު ހައްޖު ގުރޫޕަށް ހުއްދަ ނުދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ. ސިސިލްފަރުން ...

21 May 2019 | 08:55

މި އަހަރު މީހުން ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، އޭގެ ތެރޭގައި ސިސިލްފަރު ހައްޖު ގުރޫޕަށް ހުއްދަ ނުދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ސިސިލްފަރުން ބުނެފައިވަނީ އެ ފަސް ކުންފުންޏަށް ހުއްދަ ދީފައި ވަނީ އުސޫލުން ބޭރުން ކަމަށެވެ. މި މައްސަލައާއި ގުޅިގެން ސިސިލްފަރުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލާގައި ސިވިލް ކޯޓުން އެދުނީ ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބޭއްވި އަޑުއެހުމުގައި ހައްލު ލިބޭގޮތް ނުވުމުން، އެ މައްސަލައިގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

ހައްޖަށް މީހުން ގެންދަން ސަރުކާރުން ހުއްދަ ދީފައި ވަނީ ފަސް ކުންފުންޏަކަށެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދަން ސައުދީން ވަނީ 1000 ކޯޓާ ދޫކޮށްފައެވެ. ނަމަވެސް 2000 ކޯޓާ ރާއްޖެއަށް ލިބޭނެ ކަމަށް ސައުދީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް