ޓެކްސީގައި މީޓަރު ބޭނުންކުރަން ފަށާނެކަން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާއިރު އެކަމަށް ބޭނުންވާ އޮންލައިން އެޕްލިކޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށައިފިއެވެ.
އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި މި އެޕްލިކޭޝަން ހެދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 29 އަދި 30 މޭ 2019ވާ ބުދަ އަދި ބުރާސްފަތި ދުވަހުގެ 13:00ގައި މިއޮތޯރިޓީއަށް ވަޑައިގެން ( ހުރަވީ ބިލްޑިންގ ފުރަތަމަ ފަންގިފިލާ) މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 2019 ޖޫން 30ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވާކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހު ބުނެފައިވަނީ ޓެކްސީ ތަކަށް މީޓަރު ހިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ތައާރަފް ކުރެވިގެންދާނެ ކަމަށެވެ. އެ ހިދުމަތް ދޭނީ މޯބައިލް އެޕްލިކޭޝަންތަކެއް ބޭނުން ކޮށްގެން ކަމުގައިވެސް ކުރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް