ރިޒާވުން 162 މިލިއަން ޑޮލަރު މަދުވެއްޖެ

މާޗް މަސް ނިމުނުއިރު ރިޒާވުން 162 މިލިއަން ޑޮލަރު މަދުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުއަރީ މަހު ރާއްޖޭގެ ރިޒާވ...

21 May 2019 | 08:17

މާޗް މަސް ނިމުނުއިރު ރިޒާވުން 162 މިލިއަން ޑޮލަރު މަދުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުއަރީ މަހު ރާއްޖޭގެ ރިޒާވްގައި 938 މިލިއަން ޑޮލަރު ހުރި ކަމުގައި ވީނަމަވެސް މާޗް މަހުގައި ދައުލަތުގެ ރިޒާވްގައި ހުރިކަމަށް ދައްކާފައިވަނީ، 776.2 މިލިއަން ޑޮލަރެވެ.

ޖެނުއަރީ މަހުން ފެށިގެން މާޗްމަހާ ހަމައަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވަނީ ދައްވެފައިކަމަށް މި ތަފާސްހިސާބުތަކުން ދައްކާއިރު ޖެނުއަރީމަހު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި 317.9 މިލިއަން ޑޮލަރު މާޗް މަހު ވަނީ 251.8 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް