މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސަށް

"މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް"ގެ އޮނަރަރީ މެންބަރުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ. ރައީސަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ...

21 May 2019 | 08:17

"މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް"ގެ އޮނަރަރީ މެންބަރުކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސަށް މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން އަރުވާފައި ވަނީ މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއެކު ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅުގައި، ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ މަޢުލޫމާތު މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ މެންބަރުންނާއި ހިއްސާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސްގެ ފަރާތުން، ކުޅިވަރުގެ ދާއިރާއިން ކުރިޔަށްގެންދިއުމަށް ރާވާފައިވާ ބައެއް ޕްރޮގްރާމުތަކާ ބެހޭ މައުލޫމާތު ރައީސް އާއި ހިއްސާ ކުރެއްވިއެވެ. އަދި ވޮލީގެ ދާއިރާއާ ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ބައެއް ކަންކަން ވޮލީބޯލް ވެޓަރަންސްގެ ފަރާތުން ރައީސަށް ހުށަހެޅުއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް